ރައްޔިތުންގެ މަޖިލީހުގެ އިދާރާއާބެހޭ މަޢުލޫމާތު


އިދާރާ އުފެދުން
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އުފެއްދެވީ 1971 ވަނަ އަހަރުގައެވެ.
އިދާރާގެ ބޭނުން
ރައްޔިތުންގެ މަޖިލީހުގެ ދައުރާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ބޭނުންފުޅުވާ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުން.


ތަޞައްވުރު
ރައްޔިތުންގެ މަޖިލީހުގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.


މިޝަން
ރައްޔިތުންގެ މަޖިލީހުގެ ދައުރާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ނިޒާމުތައް ޤާއިމްކޮށް، ރާއްޖެއަށް އެވަގުތަކު އެންމެ އެކަށީގެންވާ ގޮތެއްގައި މަޖިލީހުގެ ދައުރު ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.


މަޤްޞަދުތައް
ރައްޔިތުންގެ މަޖިލީހުގެ ދައުރާއި މަސްއޫލިއްޔަތު، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރެއްވޭނެ ގޮތްތައް ރާވައި ހިންގުން؛
• ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޤަދަރުވެރި މަޤާމު ހަރުދަނާކޮށް، ދެމެހެއްޓޭނެ ގޮތްތައް ރާވައި، ހިންގުން؛
• ރައްޔިތުންގެ މަޖިލީހުގެ ދައުރާއި މަސްއޫލިއްޔަތާމެދު ޢާންމުންގެ ތަޞައްވުރު ރަނގަޅުކުރުން؛
• އެހެނިހެން ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކާ ގުޅުން އުފެއްދުން؛
• ރާއްޖޭގެ ޤާނޫނުތަކާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.


މައިގަނޑު މަސައްކަތްތައް
ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވޭ މީހަކު ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރުމުގެ ކަންތައް ހަމަޖެއްސުން؛
• ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ހޮވޭ މީހުންނާއި ޢައްޔަންކުރެވޭ މީހުން މެންބަރުކަމުގެ ޤާނޫނީ ހުވާކުރުމުގެ ކަންތައް ހަމަޖެއްސުން؛
• ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިސްތިޢުފާގެ ކަންތަކާއި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ވަކިކުރަންޖެހޭ މެންބަރުން ވަކިކުރުމުގެ ކަންތައް ހަމަޖެއްސުން؛
• ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރީ ހުރިހާ ކަމެއް ހިންގުން؛
• ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން؛
• ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން؛
• ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން؛
• ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން؛
• ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީ ތަރައްޤީކޮށް ބެލެހެއްޓުން.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަކީ 1998 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީން އުފެދިފައިވާ މަޤާމެކެވެ. އަމީން ޢާންމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން، މަޖިލީހުގެ ޖަލްސާތައް ކުރެއްވުމުގެ އިންތިޒާމު ހަމަޖައްސަވައި، މަޖިލީހުގެ ހުރިހާ ދަފްތަރުތަކާއި ލިޔެކިޔުން ބެލެހެއްޓެވުން ހިމެނެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެވިއްޖެ ހިނދެއްގައި، އެމަޖިލީހުގެ އަމީން ޢާންމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމެވެ.

މަޤްޞަދު (މިޝަން)
މަޖިލީހަށާއި މަޖިލީހުގެ މެންބަރުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި މަޖިލީހާ ޢާންމު ރައްޔިތުންނާ ގުޅުވައިދިނުން.

ތަޞައްވުރު (ވިޝަން)
ރައްޔިތުންގެ މަޖިލީހަކީ ޢާންމު ރައްޔިތުންނާ ބަދަހިގުޅުމެއް އޮތް، މެންބަރުންނަށް އެންމެ މަތީދަރަޖައިގައި ޚިދުމަތްދޭ ތަނަކަށްވުން.

ލަނޑުދަނޑި (ގޯލް)

އިދާރާގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި އަންނަނިވި ކަންކަންކުރުން؛
* މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން އެންމެ ފައިދާހުރިގޮތުގައި ފޯރުކޮށްދެމުންދިއުން.
* މަޖިލީހުގެ މެންބަރުންގެ އިތުރުވަމުންދާ ބޭނުންތަކާ އެއްނިސްބަތަކަށް ތަނުގެ ޚިދުމަތް ތަރައްޤީކުރަމުންދިއުން.
* މަޖިލީހާމެދު ޢާންމުން ހޭލުންތެރިކުރުވުމާއި، މަޖިލީހާގުޅޭ މަޢުލޫމާތު ޢާންމުންނަށް ލިބޭނެމަގު ތަނަވަސްކޮށްދެމުންދިއުން.
* މަޖިލީހުގެ ލިޔެކިޔުންތައް ދިގުމުއްދަތަކަށް ރައްކާތެރިކަންމަތީ ބެލެހެއްޓުން.
* ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ހަރުދަނާކުރަމުން ގެންދިއުން.
* ތަނުގެ މުވައްޒަފުންނަށް ފުރިހަމަގޮތުގައި މަސައްކަތްތައްކުރެވޭނެ ވެއްޓެއް ގާއިމުކުރުން.

ތަބާވާ ހަމަތައް (ވެލިޔުޒް)
* ގަދަރުވެރިކަމާއި އަބުރުވެރިކަން އޭގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓައި، ވަކިފަރާތަކަށް ނުޖެހޭ ބަޔަކަށްވުން.
* މަޖިލީހަށާއި މަޖިލީހުގެ އުސޫލުތަކަށް އިޙްތިރާމުކުރާ، ވަފާތެރި ބަޔަކަށްވުން.
* ހިންގުމުގެ ސިޔާސަތުތަކާއި އުސޫލުތައް ދެނެތިބެ، އެއާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށްވުން.
* ތިމާގެ ވާޖިބުތައް ފުރިހަމައަށް އަދާކުރުމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ބަޔަކަށްވުން.

އަޒުމް
ނަތީޖާ ހާސިލުކުރަނިވިގޮތެއްގައި...
ނަތީޖާ ހާސިލުކުރަނިވި ގޮތެއްގައި، އަވަހަށް މަސައްކަތްކުރުން.

އެނގިގެން...
ކުރަންޖެހޭ މަސައްކަތް އެނގިގެން، މަސައްކަތާގުޅޭ ހުނަރުހޯދައިގެން މަސައްކަތްކުރުން.

އާ ގޮތްތައް ބޭނުންކޮށްގެން...
އާ ގޮތްތައް ބޭނުންކޮށްގެން، ފައިދާކުރަނިވި ގޮތެއްގައި މަސައްކަތްކުރުން.

ފެންވަރު ރަނގަޅުކޮށްގެން...
ފެންވަރު ރަނގަކޮށް، ޚަރަދުކުޑަ ގޮތެއްގައި ޚިދުމަތްދިނުން.