ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅުއްވަވާފައިވާ 5 ބޭފުޅުން
މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން އަދި މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އެފަދަ ޖަލްސާތަކެއްގެ ރިޔާސަތު ބަލަހައްޓާނެ 5 މެންބަރުންގެ ގޮތުގައި މަޖިލީހުގައި އެންމެ ގިނަދުވަހު ޚިދުމަތްކުރެއްވި ތަރުތީބުން މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވަވާފައިވާ 5 މެންބަރުން ތިރީގައި އެވަނީއެވެ.

ނަން: ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސެއިން
ޚިދުމަތުގެ މުއްދަތު: 24 ފެބްރުއަރީ 1990 އިން ފެށިގެން މެދުނުކެނޑި މަޖިލީހުގެ ޚިދުމަތުގައި
ނިސްބަތްވެވަޑައިގަންނަވާ ޕާޓީ: ދިވެހިރައްޔިތުންގެ ޕާޓީ

ނަން: ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު
ޚިދުމަތްގެ މުއްދަތު: 24 ފެބްރުއަރީ 1990 އިން ފެށިގެން މެދުނުކެނޑި މަޖިލީގެ ޚިދުމަތުގައި
ނިސްބަތްވެވަޑައިގަންނަވާ ޕާޓީ: ދިވެހިރައްޔިތުންގެ ޕާޓީ

ނަން: މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން
ޚިދުމަތްގެ މުއްދަތު: 2 ފެބްރުއަރީ 1992 އިން ފެށިގެން މެދުނުކެނޑި މަޖިލީހުގެ ޚިދުމަތުގައި
ނިސްބަތްވެވަޑައިގަންނަވާ ޕާޓީ: ޕިއުޕަލްސް އެލައިންސް

ނަން: ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު
ޚިދުމަތްގެ މުއްދަތު: 24 ފެބްރުއަރީ 1995 އިން ފެށިގެން މެދުނުކެނޑި މަޖިލީހުގެ ޚިދުމަތުގައި
ނިސްބަތްވެވަޑައިގަންނަވާ ޕާޓީ: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ނަން: ކެންދޫ ދާއިރާގެ މެންބަރު އަޙުމަދު ތަސްމީނު ޢަލީ
ޚިދުމަތްގެ މުއްދަތު: 24 ފެބްރުއަރީ 1995 އިން ފެށިގެން މެދުނުކެނޑި މަޖިލީހުގެ ޚިދުމަތުގައި
ނިސްބަތްވެވަޑައިގަންނަވާ ޕާޓީ: ދިވެހިރައްޔިތުންގެ ޕާޓީ