މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ ދައުރު
މިހާރު ރައްޔިތުންގެ މަޖިލީހަކީ، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވަކި އުސޫލުތަކަކަށް ތަބާވެގެން ވަކި އިންތިޒާމެއްގެ މަތިން ތަރުތީބެވެ ހަރަކާތްތެރިވެ، މަސައްކަތްކުރަމުންދާ މަޖިލީހެކެވެ. އެހެންކަމުން މަޖިލީހުގައި އަންނަނިވި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށާއި ދައުރަށް ބުރަވެ، ޕާޓީތަކުގެ ޕާލިމަންޓްރީ ލީޑަރުންގެ މަޝްވަރާ، މަޖިލީހުގެ ރައީސް ހޯއްދަވައެވެ.
1- މައްސަލަތަކުގައި ޕާޓީތަކުން ވާހަކަދައްކާނެ މެންބަރުންގެ އަދަދު ކަނޑައެޅުން
2- މައްސަލަތަކުގައި ޕާޓީތަކުން ވާހަކަދައްކާނެ މެންބަރުންނަކީ ކޮބައިކަން ކަނޑައެޅުން
3- ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުކުރެވޭނެ ނިސްބަތް ކަނޑައެޅުން
17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިގެންވާ 5 ސިޔާސީ ޕާޓީ ތިރީގައި އެވަނީއެވެ.
1- ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ)
2- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)
3- ޕީޕަލްސް އެލައަންސް (ޕީއޭ)
4- ގައުމީ ޕާޓީ
5- ޖުމްހޫރީ ޕާޓީ
މަތީގައި ބަޔާންވެގެންވާ ކޮންމެ ޕާޓީއަކުން ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުންގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވުމަށާއި މެންބަރުންގެ މެދުގައި ކަންކަން ވިލަރެސްކުރެއްވުމަށް ބޭފުޅަކު ހަމަޖެހިފައި ހުންނަވައެވެ. ތިރީގައި އެވަނީ މިގޮތުން ތިއްބަވާ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރުންނެވެ.
1- ދިވެހިރައްޔިތުންގެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރު: ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙުމަދު ތަސްމީނު ޢަލީ
2- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރު: ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހިމް މުޙަންމަދު ޞާލިޙް
3- ޕީޕަލްސް އެލައަންސްގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރު: ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙުމަދު ނާޒިމް
4- ގައުމީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރު: ވިލުފުށީ ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޒް ރަޝީދު
5- ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރު: މާމިގިލީ ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ޕާޓީއަކީ 5 މެންބަރުންނަށްވުރެ ގިނަ މެންބަރުން ހިމެނޭ ޕާޓީއެއްކަމުގައިވާނަމަ، އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރުންގެ ދަށުން މަސައްކަތްކުރާނެ ޕާޓީ ވިޕުން ކަނޑައެޅިފައިތިއްބަވައެވެ. މިބޭފުޅުންގެ މައިގަނޑު މަސައްކަތަކީ އެބޭފުޅަކާ ޙަވާލުވެވަޑައިގެން ތިއްބަވާ އެެޕާޓީގެ މެންބަރުންގެ މެދުގައި ކަންކަން ވިލަރެސްކުރެއްވުމެވެ. މިގޮތުން ޕާޓީ ވިޕުންގެ ގޮތުގައި ހަމަޖެހިފައިވާ މެންބަރުން ތިރީގައި އެވަނީއެވެ.
ދިވެހިރައްތުންގެ ޕާޓީގެ ވިޕުން
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދު
- ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް
- ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖުތާޒު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވިޕުން
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ ޢަބްދުﷲ
- ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް
- ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
ޕީޕަލްސް އެލައަންސްގެ ވިޕުން
- މާވަށު ދާއިރާގެ މެންބަރު ޢަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު