މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުން
މިހާރު ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރެއް ހުންނަވައެވެ. މެޖޯރިޓީ ލީޑަރަކީ، މަޖިލީހުގައި ހިމެނޭ ގޮޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަވާ އެންމެ އިސް މެންބަރެވެ. މައިނޯރިޓީ ލީޑަރަކީ، މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތައް ފިޔަވައި ދެން ހުރި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ ފަރާތުން ހުންނަވާ އެންމެ އިސް މެންބަރެވެ.
މަޖިލީހުގެ މިހާރުގެ މެޖޯރިޓީ ލީޑަރު
ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހިމް މުޙަންމަދު ޞާލިޙް
މަޖިލީހުގެ މިހާރުގެ މައިނޯރިޓީ ލީޑަރު
ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން އަލީ

