ފްރެންޑްޝިޕް ގްރޫޕްތައް
ރާއްޖެ އާއި ސިޔާސީ ގުޅުން އޮންނަ ރަޙުމަތްތެރި ޤައުމުތަކުގެ ޕާރލިމަންޓްތަކާއި ރައްޔިތުންގެ މަޖިލީހާ ދެމެދުގައި ހެޔޮއެދުމާއި އެކުވެރިކަން ބަދަހިކޮށް، މަޝްވަރާ އާއި ތަޖުރިބާ ބަދަލުކުރުމުގެ މަޤްޞަދުގައި މިހާތަނަށް ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕްގެ ގޮތުގައި މަޖިލީހުގެ މެންބަރުންގެ މެދުގައި 10 ގުރޫޕެއް އުފެދި ހަރަކާތްތެރިވަމުންދެއެވެ. އެ ގްރޫޕްތަކާއި އެ ގްރޫޕްތަކުގެ ޗެއަރޕާސަން ތިރީގައި އެވަނީއެވެ. ދޭދޭ ޤައުމުތަކުގެ ޕާރލަމަންޓްތަކާ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަޤުވާމީ ބައެއް ޖަމުޢިއްޔާތަކުން ރައްޔިތުންގެ ފައިދާއަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވެ މަޢުލޫމާތު މުއްސަނދިކުރުމުގެ ގޮތުން އިތުރު ގުރޫޕެއް ވެސް މަޖިލީހުގެ މެންބަރުންގެ މެދުގައި އުފެދިފައިވެއެވެ. މި ގުރޫޕްގެ ނަމާއި ގުރޫޕްގެ ޗެއަރޕާސަން ތިރީގައި އެވާ ލިސްޓުގެ 10 ވަނައިގައި އެވަނީ އެވެ.
1. މޯލްޑިވްސް ސްރީލަންކާ ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: ކިނބިދޫ ދާއިރާގެ މެންބަރުން އަލްފާޟިލް މޫސާ ޒަމީރު
2. މޯލްޑިވްސް އިންޑިއާ ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު
3. މޯލްޑިވްސް ޕާކިސްތާން ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: ވިލިމާފަންނު ދާއިރާގެ މެންބަރު އަލްފާޟިލް އަޙުމަދު ނިހާން ޙުސެއިން މަނިކު
4. މޯލްޑިވްސް ނޭޕާލް ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: ވިލިފުށީ ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޒް ރަޝީދު
5. މޯލްޑިވްސް ޖަޕާން ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު
6. މޯލްޑިވްސް ޗައިނާ ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: ކެލާ ދާއިރާގެ މެންބަރު ޑރ.ޢަބްދުﷲ މަޢުސޫމް
7. މޯލްޑިވްސް އިޓަލީ ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: ފެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފު ނަޢީމް
8. މޯލްޑިވްސް އިންޑޮނޭޝިއާ ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: ނޮޅިވަރަމް ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނަޝީދު
9. މޯލްޑިވްސް ރަޝިޔާ ޕާރލިމަންޓްރީ ފުރެންޑްޝިޕް ގުރޫޕް
މުޤައްރިރު: މާމިގިލީ ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހިމް
10. މޯލްޑިވްސް ޕާރލިމަންޓްރީ ގުރޫޕް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް
މުޤައްރިރު: ހަނިމާދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް މުޙަންމަދު މުޖުތާޒް